[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 8 –ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތު )

thauheedh 5

މާތް ﷲ އެކަލޭގެފާނު ފޮނުއްވީ ޝިރުކުކުރުމުން އިންޛާރު ކުރެއްވުމަށާއި އެއިލާހުގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށްޓަކައެވެ. މީގެ ދަލީލަކީ ﷲގެ ވަޙީބަސްފުޅެވެ.

يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾ وَالرُّجْزَ فَاهْجُرْ ﴿٥﴾ وَلَا تَمْنُن تَسْتَكْثِرُ ﴿٦﴾ وَلِرَبِّكَ فَاصْبِرْ ﴿٧﴾ ([1])

މާނައީ: “އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ.[1] ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ.[2] އަދި ކަލޭގެފާނުގެ ރައްބު ބޮޑުކަން ހާމަކުރައްވާށެވެ.[3] އަދި ކަލޭގެފާނުގެ ފޭރާން ޠާހިރުކުރައްވާށެވެ.[4] އަދި ބުދުތަކާ ދުރުވެވަޑައިގަންނަވާށެވެ.[5] އަދި ބަދަލުގައި އެއްޗެއް ހޯދުމަށް އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ.[6] އަދި ކަލޭގެފާނުގެ ރައްބަށްޓަކައި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ[7]”

 (قُمْ فَأَنذِرْ ) “ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ” އޮތް ބަސްފުޅުގެ މާނައަކީ ޝިރުކުން (ދުރުހެލިވުމަށް މީސްތަކުންނަށް) އިންޛާރުކުރެއްވުމެވެ. އަދި އެއްކަތުވަންތަކަމަށް ގޮވާލުމެވެ.

(وَرَبَّكَ فَكَبِّرْ ) “އަދި ކަލޭގެފާނުގެ ރައްބު ބޮޑުކަން ހާމަކުރައްވާށެވެ” ގެ މާނައަކީ އެއްކައުވަންތައްކުރުމުން އެއިލާހުގެ މާތްކަމާއި މަތިވެރިކަން ހާމަކުރުމެވެ.

 (وَثِيَابَكَ فَطَهِّرْ ) “އަދި ކަލޭގެފާނުގެ ފޭރާން ޠާހިރުކުރައްވާށެވެ.” ގެ މާނައަކީ ކަލޭގެފާނުގެ ޢަމަލުތައް ޝިރުކުން ޠާހިރުކުރެއްވުމެވެ.

(وَالرُّجْزَ فَاهْجُرْ ) “އަދި ބުދުތަކާ ދުރުވެވަޑައިގަންނަވާށެވެ” الرُّجْزُ އަކީ ބުދުތަކެވެ. އެތަކެތި ހަޖުރުކުރުމަކީ އެތަކެތި ދޫކޮށްލުމެވެ. އަދި އެތަކެއްޗާއި އެތަކެތީގެ އަހުލުވެރިން (ބުދަށް އަޅުކަންކުރާ މީހުން)ގެ ކިބައިން ބަރީއަވުމެވެ.

މިގޮތުގެ މައްޗަށް ތައުޙީދަށް ގޮވާލެއްވުމުގައި ދިހައަހަރު ހޭދަކުރެއްވިއެވެ. ދިހަ އަހަރަށްފަހު އެކަލޭގެފާނު އުޑަށް މިޢުރާޖަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ފަސްނަމާދު ފަރުޟުކުރެއްވުނެވެ. މައްކާގައި ތިންއަހަރު ނަމާދުކުރެއްވިއެވެ. އޭގެފަހުގައި މަދީނާއަށް ހިޖުރަކުރެއްވުމަށް އަމުރުކުރެއްވުނެވެ. ހިޖުރަކުރުމަކީ ޝިރުކުގެ ރަށް ދޫކޮށް އިސްލާމުންގެ ރަށަކަށް ބަދަލުވުމެވެ.

ފިލާވަޅުގެ އިރުޝާދުތައް

* ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތުގެ ޚުލާޞާއަކީ އެއީ ޝިރުކުގެ ނުބައިކަމާއި އޭގެން ރައްކާތެރިވުމަށް ދަޢުވަތުދިނުމާއެކު ތައުޙީދުގެ މަތިވެރިކަމަށް ގޮވާލުމެވެ.

* އެކަލޭގެފާނު ދެއްވި ދަޢުވަތާ އެއްގޮތަކަށް އެކަލޭގެފާނު ޢަމަލުކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނުގެ ހިތްޕުޅާއި ޢަމަލުފުޅުތައް ޝިރުކުގެ އެންމެހާ ބާވަތްތަކުން ދުރުކުރައްވާ ޠޯހިރުކުރެއްވިއެވެ. އަދި ބުދުތަކާ ދެކޮޅަށް ހަނގުރާމަކުރައްވާ ހަމައެކަނި ﷲއަށް އަޅުކަން ޚާލިޞުކުރެއްވިއެވެ.

* ތައުޙީދުގެ މުހިންމުކަން ބަޔާންކޮށްދޭ އެއްކަމަކީ 13 އަހަރު ވަންދެން މައްކާގައި ތައުޙީދަށް ގޮވާލެއްވުމުގައި އެކަލޭގެފާނު ހޭދަކުރެއްވިއެވެ. އެއީ އިސްރާގެ ޙާދިޘާގެ ކުރިން 10 އަހަރެވެ. އަދި އެއަށްފަހު ތިން އަހަރެވެ.

* އެކަލޭގެފާނު ހިޖުރަކުރެއްވުމުގެ ކުރިން ﷲ ތަޢާލާވަނީ އެކަލޭގެފާނު މަސްޖިދުލް އަޤްޞާއަށް  އިސްރާގެ ޙާދީޘާގައި ގެންދަވާ މާތްކަން ދެއްވާފައެވެ. އެއަށް ފަހު އެކަލޭގެފާނު މިޢުރާޖަށް އަރާވަޑައިގަތެވެ. އަދި އެކަލޭގެފާނަށް އެރޭ ﷲ ތަޢާލާ ބަސްވަޙީކުރެއްވިއެވެ. މިހުރިހާ ކަމެއް ހިނގާފައިވަނީ އެންމެ ރެއެއްގައެވެ.

ސުވާލުތައް

  1. މިފިލާވަޅުގައި އައިސްފައިވާ އާޔަތްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަމުކުރެވިގެންވަނީ ކޮންކަމެއް ކުރުމަށް ހެއްޔެވެ؟
  2. ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތުގެ ޚުލާޞާއަކީ ކޮބާ ހެއްޔެވެ؟
  3. ބުދުތައް ހަޖުރުކުރާނީ ކިހިނެތް ހެއްޔެވެ؟
  4.  ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރެއްވުނު ކަންތައްތަކަށް އެކަލޭގެފާނު ޢަމަލުކުރެއްވި ހެއްޔެވެ؟ އަދި އެކަން ކުރއްވީކިހިނެތް ހެއްޔެވެ؟
  5. ފަރުޟުފަސްނަމާދު ފަރުޟުކުރެއްވުނީ ކޮން ތަނެއްގައި ހެއްޔެވެ؟ އަދި އެކަމުން ދަލީލުކުރަނީ ކޮންކަމަކަށް ހެއްޔެވެ؟

____________________

([1]) [المدثر: ١ – ٧]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް