سورة الإخلاص ގެ ތަފްސީރު – 3

لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ [އެއިލާހަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.] (لم يلد) އެހެނީ ﷲ سبحانه وتعالى އީ އެއިލާހާއި އެފަދަ މިސާލެއް ނުވާ ފަރާތެވެ. ދަރި އަންނަނީ އަދި ނިސްބަތް ކުރެވެނީ ބައްޕައަށެވެ. އަދި ދަރިއަކީ އޭނާގެ ބައެކެވެ. ނަބިއްޔާ صلي الله عليه وسلم ޙަދީޘް ކުރެއްވި ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إنها بِضْعَةٌ مِنِّي))[1] މާނައީ: “ހަމަކަށަވަރުން އެކަމަނާއީ (އެބަހީ: […]