[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الإخلاص ގެ ތަފްސީރު – 3

لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾

[އެއިލާހަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.]

(لم يلد) އެހެނީ ﷲ سبحانه وتعالى އީ އެއިލާހާއި އެފަދަ މިސާލެއް ނުވާ ފަރާތެވެ. ދަރި އަންނަނީ އަދި ނިސްބަތް ކުރެވެނީ ބައްޕައަށެވެ. އަދި ދަރިއަކީ އޭނާގެ ބައެކެވެ. ނަބިއްޔާ صلي الله عليه وسلم ޙަދީޘް ކުރެއްވި ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((إنها بِضْعَةٌ مِنِّي))[1]

މާނައީ: “ހަމަކަށަވަރުން އެކަމަނާއީ (އެބަހީ: ފާތިމާ رضي الله عنها ) އީ ތިމަންކަލޭގެފާނުގެ [ހަށިކޮޅުން] ބައެކެވެ.”

ﷲ سبحانه وتعالى ވަނީ މަތިވެރިވެގެންނެވެ. އެއިލާހަށް މިސާލެއް ނުވެއެވެ. ދަންނާށެވެ! ދަރިފުޅަށް ބައްޕަވަނީ ބޭނުން ވެގެންނެވެ. އެއީ ދުނިޔޭގައި ދިމާވާ ދަތިތަކުން ރައްކާތެރިވުމަށް އެހީތެރިއަކަށް ކަމުގައި ވީނަމަވެސް މެއެވެ. ނުވަތަ އެއީ އޭނާގެ ނަސްލު ދެމި އޮތުމަށް ކަމުގައި ވީނަމަވެސްމެއެވެ. ﷲ سبحانه وتعالى ވަނީ މިހުރިހާ ކަމަކުން ފުދިވޮޑިގެންނެވެ. އެހެންކަމުން އެއިލާހަށް ދަރިކަލަކު ނުވެއެވެ. އެހެނީ އެއިލާހާއި އެއްފަދަ އިތުރު މިސާލެއް ނުވާތީއެވެ. އަދި އެއިލާހު އެންމެހައި ތަކެތިން ފުދިވޮޑިގެންވާތީވެސް މެއެވެ.

އެއިލާހަށް ދަރިކަލަކުވުން އެކަށީގެން ނުވާކަން ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ.

(أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ وَخَلَقَ كُلَّ شَيْءٍ  وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿١٠١﴾)[2]

މާނައީ: “އެއިލާހަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެ؟ އެއިލާހަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެއިލާހެވެ. އަދި އެއިލާހީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ފަހެ ދަރިއަކު ލިބުމަށް ޓަކައި އަތްބެއް ބޭނުންވެއެވެ. އަދި ހަމައެފަދައިން އެއިލާހީ ހުރިހާ ތަކެއްޗެއް އުފެއްދެވި ވެރި އިލާހެވެ. ފަހެ އެއިލާހަކީ ހުރިހާ ތަކެއްޗެއް އުފެއްދެވި ޚާލިޤު ކަމުގަ ވީއިރު އެއިލާހު އެ އެންމެހައި ތަކެއްޗާއި ވަކިވެ ބާއިން ވެގެން ވެއެވެ.

ފަހެ، ﷲ ގެ މި ބަސްފުޅު (لم يلد) މިވަނީ އާދަމްގެ ދަރިން ކުރެ މަގު ފުރެދުނު ތިން ބަޔަކަށް ރައްދެއްގެ ގޮތުގައެވެ.  އެއީ މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިންނަށެވެ. އެހެނީ މަލާއިކަތުންނަކީ ﷲ ގެ އަޅުވެތި އަންހެންތަކުން ކަމުގައި މުޝްރިކުން ހެދިއެވެ. އަދި ބުންޏެވެ. ހަމަކަށަވަރުން މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިންނެވެ. ޔަހޫދީން ބުންޏެވެ. އުޒައިރު عليه السلام އީ ﷲ ގެ ދަރިކަލުންނެވެ. ނަޞާރާއިން ބުންޏެވެ. މަސީޙު އީސާ عليه السلام އީ ﷲ ގެ ދަރިކަލުންނެވެ. ފަހެ އެބައިމީހުންގެ (ދަޢުވާ) ﷲ سبحانه وتعالى ދޮގުކުރައްވައި ވަޙީ ކުރެއްވި އެވެ.

(لم يلد ولم يولد)

މާނައީ: “އެއިލާހަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.”

އެހެނީ ﷲ އީ އެއިލާހުގެ ކުރިން އެއްވެސް އެއްޗެއް ނުވާ ފެށުމެއް ނުވާ އިލާހެވެ. ފަހެ، އެއިލާހަށް ދަރިކަލެއް ވާނީ ފަހެ ކޮންފަދަ އަކުން ތޯއެވެ؟

މިލިޔުމުގެ އެހެނިހެން ބައިތައް

__________________________________

[1]  أخرجه البخاري، كتاب فضائل أصحاب النبي صلى الله عليه وسلم ، باب مناقب قرابة رسول الله ومنقبة فاطمة (3714) ومسلم، كتبا فضائل الصحابة، باب فضائل بنت النبي رضي الله عنها (2449) (93).

[2]  الأنعام سورة 101