ޖިންނީން (16)

ފުރަތަމަ ކަންތަކާމެދު ދަންނައެވެ. އެއީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ފާޙިޝްކަމެކެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް ދެމީހުންގެ ރުހުމުގައިވެސް އެކަން ޙަރާމްކުރައްވާފައިވާ ފަދައިންނެވެ. ފަހެ، އަނެކާގެ ނުރުހުމުގާކުރަނަމަ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ ފަހެ، އެއީ ފާޙިޝްކަމާ އަނިޔާވެރިކަން ނޫން ހެއްޔެވެ؟ މިޙާލަތުގައި ޖިންނިއާ މުޚާޠަބުކޮށް އެއީ ފާޙިޝް ޙަރާމްކަމެއްކަން އަންގައިދޭން ޖެހޭނެއެވެ. ނުވަތަ އެއީ ފާޙިޝް، އަނިޔާވެރި ޢަމަލެއްކަމާ އެފަދައިން ޤިޔާމަތްދުވަހުން އެސޮރުގެ މައްޗަށް ޙުއްޖަތް ޤާއިމުވާނެކަން އަންގައިދޭން ޖެހޭނެއެވެ. އަދި އެސޮރުމެންނަށް ޙުކުމްކުރެވޭނީ ﷲ ތަޢާލާ އާއި […]