އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 5
ދެވަނަ ޙުކުމް އާޔަތުގައި އެވާ أقراء އަކީ ކޮބާ؟ މިއާޔަތުގައިމިވާ “قُرُوء” ގެ ލުޣަވީ މާނައަކީ حيض ނުވަތަ طهر އެވެ. އެހެންކަމުން މިއާޔަތުގައިމިވާ “قُرُوء” ގެ މުރާދާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ދެ ރަޢުޔެއްވެއެވެ. ފުރަތަމަ ރަޢުޔު މިއާޔަތުގައިމިވާ قُرُوء ގެ މުރާދަކީ الطهر އެވެ. މިއީ މާލިކުގެފާނާއި ޝާފީގެފާނުގެ ބަސްފުޅެވެ. އަދި މިއީ އިބުނު ޢުމަރާއި ޢާއިޝަތުގެފާނާއި ޒައިދު ބުން ޘާބިތު (رضي الله عنهم) ގެ އަރިހުން […]