ނަމާދު ( الصلاة ) – 11

ބަންގިއާ ޤަމަތަކީ ވެސް ދެ އަޅުކަން ކަމުގައިވެފައި، އެދެއަޅުކަންވެސް އަދާކުރަން އައިސްފައިވާ ލަފްޒުތަކަކީ ވަކި ތަރުތީބަކުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ލަފްޒުތަކެއްކަމުގައިވުމުން، ތަރުތީބުން ނޫންގޮތަކަށް ބަންގިއާއި ޤަމަތް ގެނަސްގެންފިނަމަ ޞައްޙައެއް ނުވާނެއެވެ. އަދި ހަމައެފަދައިން މިދެކަންތައްވެސް ގެނެސްގެންނަންވާނީ ވާރިދުވެފައިވާ ލަފްޒުތަކުންނެވެ. އެއް މާނައެއް ނުވަތަ ގާތްކުރާ މާނައެއްކަމުގައިވިޔަސް އެހެން ލަފްޒެއް ގެނެސްފި ނަމަ ޞައްޙައެއް ނުވާނެއެވެ. މިސާލަކަށް (الله أكبر ) ގެ ބަލުގައި ( الله الأكبر) ނުވަތަ (الله أعظم […]