ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 9

ޖިސްމާނީ ގޮތުން: އެގޮތުން ބަލާއިރު ލޯފަން، ކުރު، ކަޅު، އެފަދަ ނުރުހޭ ސިފަތަކުގެ ވާހަކަ ދެއްކުން ހިމެނެއެވެ. ނަމަވެސް މިސިފަތަކުން ނޫން ގޮތަކަށް އެއީ ކާކުކަން ބަޔާންވެގެން ނުވާނަމަ، ނޫނީ މީސްތަކުންނަށް އެގޮތުންނޫނީ އެއީ ކާކުކަން ނޭނގޭނަމަ އެފަދަ ސިފަތަކުން ބަޔާން ކުރުން އެއީ ޣީބަ ބުނުން ކަމުގައި ނުވާނެއެވެ. ނަސަބުގެ ގޮތުން: މީހާގެ ނަސަބަށް ރައްދުވާ ގޮތަށް ތަފާތު ފާޑުގެ، ނުރުހޭ ނަންތައް ބޭނުން ކުރުމާއި ނަސަބަށް ހުތުރު ވާފަދަ ބަސްތަށް ބޭނުން ކުރުން ހިމެނެއެވެ. […]