ފަތުވާ: ފަށުފުލެއްގެ ގޮތުގައި ކުޑަ މުޞްޙަފެއް (ޙަތިމެއް) ބޭނުންކުރުން

ސުވާލު: ފަށުފުލެއްގެ ގޮތުގައި މުޞްޙަފެއް ބޭނުންކުރެވިދާނެ ހެއްޔެވެ؟
ތިމާގެ އަޚާއަށް ކުރާ ހެޔޮދުޢާ އިޖާބަވެގެންވެއެވެ.

އިސްލާމްދީނަކީ އަޚުވަންތަ ކަމުގެ ދީނެކެވެ. އެދީނުގައި ވަނީ އެއްބަޔަކު އަނެއްބަޔަކު އެކުވެރިވެ އަދި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދުމަށް އަމުރުކުރައްވާފައެވެ. އަދި މިކަމަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން އިސްލާމްދީނުގައި އަޚުވަންތަކަމަށް ބާރުއެޅުއްވުމުގެ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަޅުގަނޑުމެންނަށް އެގޮތުގައި ހިފެހެއްޓުމަށްޓަކައި އެތައް އިރުޝާދުތަކެއް ދެއްވައިފައެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ: (دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، […]