[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ފަށުފުލެއްގެ ގޮތުގައި ކުޑަ މުޞްޙަފެއް (ޙަތިމެއް) ބޭނުންކުރުން

quran

ސުވާލު: ފަށުފުލެއްގެ ގޮތުގައި މުޞްޙަފެއް ބޭނުންކުރެވިދާނެ ހެއްޔެވެ؟

ޖަވާބު: ފަށުފުލެއްގެ ގޮތުގައި މުޞްޙަފެއް ބޭނުމެއް ނުކުރެވޭނެއެވެ. ފަށެއްކަމުގައި ވިޔަސް ނުވަތަ އެހެން އެއްޗެއްގައި އެލުވުމަށްވެސް މުޞްޙަފެއް ބޭނުން ނުކުރެވޭނެއެވެ. އެހެނީ އެފަދަ ކަންކަމަކީ ބިދުޢައެވެ. [އެބަހީ: ދީނަށް އަލަށް ތަޢާރަފުކުރެވޭ ކަންތައްތަކެވެ.] ރަސޫލާ صلى الله عليه وسلم އާއި އަޞްޙާބުބޭކަލުން އެފަދަ ކަންކަން ކުރައްވާފައިނުވެއެވެ. އަދި މުޞީބާތްތަކުން ދުރުހެލިވުމުގެ ގޮތުންނާއި ސަލާމަތްވުމުގެ ގޮތުންވެސް އެކަން ނުކުރެވޭނެއެވެ. އެހެނީ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންކުރެ އެއްވެސް ބޭކަލަކު އެފަދައިން ޢަމަލުކުރައްވާފައި ނުވެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله

فتاوى منار الإسلام (1/45)