އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 39

ވާރުތަ މުދާ ނުވަތަ ތަރިކަ މުދާ: ކުރީގެ ބައެއް މުޖުތަމަޢުތަކުގައި ފިރިން މަރުވުމުން އެމީހުންގެ މުދަލުގެ ގޮތުގައި އަންހެނުންނީވެސް ވާރުތަ ވެގެންދާ ފަދަ ވާރުތަ މުދަލަކަށް ހެދި ބައެއް މުޖުތަމަޢުތައްވެސް އިސްވެ ގޮސްފައިވެއެވެ. ފަހެ، އިންސާނުންނީ މިފަދައިން ޢަމަލުކުރެވިގެންވާނޭ ބައެއް ނޫންކަން ކަނޑައަޅައި، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންހެނުން މިފަދައިން ވާރުތަކޮށްގަތުން މަނާކުރެއްވިއެވެ. އެއީވެސް ހަމަ އިންސާނެއްކަމާއި، ވާރުތަވުމަށް އެއީ މުދަލެއް ނޫންކަން ކަނޑައަޅައި، އަދި ވާރުތަމުދަލުން ބައެއް ޙައްޤުވާ މީހެއްކަމުގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން ﷲ ތަޢާލާ، […]