އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 8
ފަސްވަނަ ޙުކުމް ރަޖުޢީވަރި ރަޖުޢީ ވަރިއަކީ، ފިރިހެނުން އެބައިމީހުންގެ އަނބިން ވަރިކުރުމަށްފަހު، އާ ޢިއްދައަކާއި، އާރަނަކާ ނުލާ ކައިވެނި އަނބުރާ ގެނައުމުގެ ޙައްޤު ލިބިގެންވާ ވަރިއެވެ. އަދި ކައިވެނި ރުޖޫޢަކުރާކަށް އަނބިމީހާގެ ރުހުމެއް ބޭނުމެއްނުވާނެއެވެ. ފަހެ، ޢިއްދައިގެ މުއްދަތު ހަމަވެއްޖެނަމަ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ލިބިގެން ނުވެއެވެ. ފިރިހެނުންނަށް އެމީހުންގެ އަނބިން ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވާކަން ބަޔާންކުރަށްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ﴾ [سورة البقرة:228] މާނައީ: “އަދި އެކަނބަލުންގެ […]