އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 9
ހަވަނަ ޙުކުމް އެއް ލަފުޒުން ނުވަތަ އެއް މަޖުލީހެއްގައި ތިން ވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށް ހެއްޔެވެ؟ ނުވަތަ އެއް ވަރިއަކަށް ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿الطلاق مَرَّتَانِ﴾ [سورة البقرة:229] މާނައީ: “ވަރިކުރުންވަނީ ދެފަހަރުއެވެ.” އެއާޔަތުގައި އެވަނީ ވަރިކުރުންވަނީ ދެފަހަރުކަން ބަޔާންކުރައްވާފައެވެ. ތިންފަހަރު ވަރި ކޮށްފިކަމުގައިވާނަމަ އެއަންހެނާ އެހެން ފިރިހެނަކާ ކައިވެނިކޮށްފުމަށް ދާންދެން ވަރިކުރެވުނު ފިރިހެނާއަށް އެއަންހެންމީހާ ޙަލާލުވެގެންނުވެއެވެ. އެހެންކަމުން، މީހަކު އެއްމަޖުލީހެއްގައި ތިންވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށް ހެއްޔެވެ؟ […]