ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (5 ވަނަ ބައި )

ކާފަރުވުމުގެ ޤަސްދަކާއި ނުލާ ފުރައްސާރަކުރި ކަމުގައިވިޔަސް އެއީ ކުފުރެކެވެ. ﷲ ތަޢާލާއަށް ފުރައްސާރަކުރުމަކީ ކުފުރެއް ކަމާއިމެދު އިޚްތިލާފު ވެވޭކަށްނެތެވެ. އަދި ޢާއްމުންގެ މީހުން ޤަސްދެއް ނެތް ކަމަށްބުނެ ކަންފަސޭހަކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އެބައިމީހުން ބުނާ ގޮތުގައި އެބައިމީހުން އެބުނާ ފުރައްސާރައިގެ ބަސްތައް ނިކުމެގެންދަނީ ﷲ ތަޢާލާގެ ޙައްގަށް އުނިކަމެއް ރައްދުކުރަން ޤަސްދުކުރުމަކާ ނުލައެވެ. މި ގޮތަށް ދައްކާ ޢުޒުރުދައްކަނީ މިގޮތަށް ބުނާމީހުންގެ ޖާހިލުކަމުގެ ސަބަބުންނެވެ! އެހެނީ އޭނާ އެބުނިފަދައިން ބުނާނީ ޖަހުމް ބުން ޞަފްވާން އާއި […]