سورة العلق ގެ ތަފްސީރު 3

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ﴾
މާނައީ: “ކަލޭގެފާނުގެ ވެރިރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! (އެއިލާހީ) ހުރިހާ އެއްޗެއް ހެއްދެވި އިލާހެވެ.”
ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (6 ވަނަ ބައި )

ﷲ ތަޢާލާ އަށް ފުރައްސަރަކުރާ މީހާގެ ޙައްދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވާ ގޮތުގައި ﷲ ތަޢާލާއަށް ފުރައްސާރަކޮށްފި މީހަކު ކާފިރުވުމުގެ ސަބަބުން ޤަތުލުކުރެވޭނެއެވެ. އަދި އޭނާ ޤަތުލުކުރެވުމަށްފަހު އޭނާގެ މައްޗަށް މުސްލިމުންގެ ޙުކުމެއް ނުހިނގާނެއެވެ. އެހެންކަމުން އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ މައްޗަށް ކަށުނަމާދު ކުރުމެއްވެސް ނުވެއެވެ. އަދި އޭނާ ހިނެވުމެއްވެސް ނުވެއެވެ. އަދި އޭނާ ކަފުންކުރުމެއްވެސް ނުވެއެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި އޭނާ ވަޅުވެސް ނުލެވޭނެއެވެ. އަދި އޭނާގެ މައްޗަށް ހެޔޮދުޢާ ކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ. […]