[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 8

ހުރިހާކަމެއްގައިވެސް ރުޖޫޢަވުންވަނީ ﷲ ގެ ޙަޟްރަތަށްކަމުގައިވުމުން ފަހެ ﷲ ގެ ނިޔާކުރެއްވުމުން ފިލުމަކީ އެއްވެސް މީހަކަށް ވާނޭ ކަމެއް ނޫނެވެ. އަދި އެއިލާހުގެ ޘާވާބާއި ޢަދުލުވުރިކަމުންވެސްމެއެވެ. އެހެންކަމުން މިއާޔަތުގައި މިވާ ﴿ إِنَّ إِلَى رَبِّكَ الرُّجْعَى ﴾ ގެ މާނައިގައި ވަޢީދުގެ މާނައިގެ އިތުރުން އެއަށްވުރެ ޢާންމުގޮތެއްގައި ހުރިހާކަމެއްގައި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ބުނެވިދާނެއެވެ. އެއީ ޝަރުޢީ މައްސަލަތަކުގައި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވުމާއި ކައުނުގެ ކަންކަމުގައިވެސް އެއިލާހަށް ރުޖޫޢަވުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿ فَإِن […]