[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 8

ހުރިހާކަމެއްގައިވެސް ރުޖޫޢަވުންވަނީ ﷲ ގެ ޙަޟްރަތަށްކަމުގައިވުމުން ފަހެ ﷲ ގެ ނިޔާކުރެއްވުމުން ފިލުމަކީ އެއްވެސް މީހަކަށް ވާނޭ ކަމެއް ނޫނެވެ. އަދި އެއިލާހުގެ ޘާވާބާއި ޢަދުލުވުރިކަމުންވެސްމެއެވެ. އެހެންކަމުން މިއާޔަތުގައި މިވާ ﴿ إِنَّ إِلَى رَبِّكَ الرُّجْعَى ﴾ ގެ މާނައިގައި ވަޢީދުގެ މާނައިގެ އިތުރުން އެއަށްވުރެ ޢާންމުގޮތެއްގައި ހުރިހާކަމެއްގައި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ބުނެވިދާނެއެވެ. އެއީ ޝަރުޢީ މައްސަލަތަކުގައި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވުމާއި ކައުނުގެ ކަންކަމުގައިވެސް އެއިލާހަށް ރުޖޫޢަވުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ ﴾ [النساء: 59]

މާނައީ: “ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި، އެއިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) “

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ  ﴾ [الأنفال: 9]

މާނައީ: ” ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެއިލާހު ތިޔަބައިމީހުންނަށް އިޖާބަދެއްވިއެވެ. “

ފަހެ ﷲ ގެ ޙަޟްރަތަށް މެނުވީ އަޅާ ރުޖޫޢަ ނުވާނެއެވެ. ފަހެ ހުރިހާ އެއްޗެއް ރުޖޫޢަވަނީ އެއިލާހުގެ ޙަޟްރަތަށެވެ. އެއިލާހު އިރާދަކުރެއްވިކަމެއް ކުރައްވައެވެ. ފަހެ، މީސްތަކުންގެ މެދުގައި ހިނގާ ހަނގުރާމައާއި ފިތުނަތަކާއި މި އެންމެހާ ކަންތައްތަކަކީވެސް ﷲ ތަޢާލާ ޙިކުމަތަކަށްޓަކައި ލައްވާފައިވާ ކަންތައްތަކެކެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَلَوْ شَاءَ اللَّـهُ مَا اقْتَتَلَ الَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَـٰكِنِ اخْتَلَفُوا فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَاءَ اللَّـهُ مَا اقْتَتَلُوا وَلَـٰكِنَّ اللَّـهَ يَفْعَلُ مَا يُرِيدُ ﴾ [البقرة: 253] .

މާނައީ: ”  ﷲ އިރާދަކުރެއްވިނަމަ، އެބޭކަލުންގެ ފަހުން އައި މީހުން އެއުރެންނަށް ބަޔާންވެގެންވާ ހެކިތަކާއި، ޙުއްޖަތްތައް އައުމަށްފަހު އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެއުރެން ޚިލާފުވީއެވެ. ފަހެ، އެއުރެންގެ ތެރެއިން، އީމާންވި މީހުންނާއި، އަދި، ކާފިރުވި މީހުންވެސް ވެއެވެ. އަދި، ﷲ އިރާދަކުރެއްވިނަމަ، އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު ﷲ އެއިލާހު އިރާދަކުރައްވާ ކަމެއް ކުރައްވައެވެ. “

އެހެންކަމުން މިއާޔަތުގައި މިވަނީ ފުދިގެންވާކަމަށް ހީވުމުން ހައްދުފަހަނަ އަޅާ އިންސާނާއަށްވާ ވަޢީދުގެ ބަސްފުޅެކެވެ. އަދި އެއަށްވުރެ ޝާމިލު މާނައެއްވެސް މިކަމުގައިވެއެވެ. އެއީ ކޮންމެ ކަމެއްގައިމެ ރުޖޫޢަވުންވަނީ ﷲ ގެ ޙަޟްރަތަށް ކަމެވެ.

= ނުނިމޭ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް