سورة الزلزلة ގެ ތަފްސީރު 1

بِسْمِ اللهِ الرَّحْمَـنِ الرَّحِيمِ {إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا * وَأَخْرَجَتِ الأَرْضُ أَثْقَالَهَا * وَقَالَ الإِنسَانُ مَا لَهَا * يَوْمَئِذٍ تُحَدِّثُ أَخْبَارَهَا * بِأَنَّ رَبَّكَ أَوْحَى لَهَا * يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتاً لِّيُرَوْاْ أَعْمَـلَهُمْ * فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ}. إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން […]
تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 16 –

ޞަޙާބީ ބޭކަލުން رضي الله عنهم ތިއްބެވީ ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅުތަކާއި ނަހީގެ އިންފާރުގެ ތެރޭގައެވެ. އެގޮތުން އެކަލޭގެފާނުގެ ކޮންމެ ޢަމަލުފުޅެއްގައްޔާއި އަޅުކަމެއްގައި އަދި މުޢާމަލާތަކުން އެބޭކަލުން ނަމޫނާ ޙާޞިލުކުރައްވައެވެ. އެއީ އެކަލޭގެފާނަށް ޚާއްޞަކަންކަމުގައި ފިޔަވައެވެ. އެގޮތުން ނަމާދުގެ ޙުކުމްތަކާއި ރުކުންތަކާއި ކުރާގޮތް އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތެވެ. އެއީ އަންނަނިވި ޙަދީޘްގައި ހިއްޕެވުމުގެ ގޮތުންނެވެ. ((صَلوا كَمَا رَأيْتُمُوني أُصَلِّي )) [1] މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވާތީ ދުށްގޮތަށް، ތިޔަބައިމީހުން ނަމާދުކުރާށެވެ.” […]