[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 16 –

ޞަޙާބީ ބޭކަލުން رضي الله عنهم ތިއްބެވީ ނަބިއްޔާ صلى الله عليه وسلم  ގެ އަމުރުފުޅުތަކާއި ނަހީގެ އިންފާރުގެ ތެރޭގައެވެ. އެގޮތުން އެކަލޭގެފާނުގެ ކޮންމެ ޢަމަލުފުޅެއްގައްޔާއި އަޅުކަމެއްގައި އަދި މުޢާމަލާތަކުން އެބޭކަލުން ނަމޫނާ ޙާޞިލުކުރައްވައެވެ. އެއީ އެކަލޭގެފާނަށް ޚާއްޞަކަންކަމުގައި ފިޔަވައެވެ. އެގޮތުން ނަމާދުގެ ޙުކުމްތަކާއި ރުކުންތަކާއި ކުރާގޮތް އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތެވެ. އެއީ އަންނަނިވި ޙަދީޘްގައި ހިއްޕެވުމުގެ ގޮތުންނެވެ.

((صَلوا كَمَا رَأيْتُمُوني أُصَلِّي )) [1]

މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވާތީ ދުށްގޮތަށް، ތިޔަބައިމީހުން ނަމާދުކުރާށެވެ.”

އަދި ޙައްޖުގެ އަޅުކަންތަކާއި ޝިޢާރުތައްވެސް އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތެވެ. އެއީ އަންނަނިވި ޙަދީޘްބަސްފުޅުގައިވާ ފަދައިންނެވެ.

((خُذُوا عَنِّي مَنَاسِكَكُمْ)) [2]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ޙައްޖުގެ އަޅުކަންތައް ދަސްކުރައްވާށެވެ.”

 

އަދި އެބޭކަލުން އެކަލޭގެފާނަށް ތަބާވެވަޑައިގަތުމުގައި އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއް ކުރައްވައެވެ. އަދި ދޫކޮށްލައްވާ ކޮންމެ ކަމެއް ދޫކޮށްލައްވައެވެ. އެއީ އެކަމުގެ ސަބަބު ހޯދުމަކާއި ނުލައި އަދި އެކަމުގެ ޙިކުމަތާމެދު ސުވާލުކުރުމެއްވެސް ނެތިއެވެ.

އެގޮތުން އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރެއްވިއެވެ.

((اتَّخَذَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ خَاتَمًا مِنْ ذَهَبٍ، فَاتَّخَذَ النَّاسُ خَوَاتِيمَ مِنْ ذَهَبٍ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي اتَّخَذْتُ خَاتَمًا مِنْ ذَهَبٍ» فَنَبَذَهُ، وَقَالَ: «إِنِّي لَنْ أَلْبَسَهُ أَبَدًا»، فَنَبَذَ النَّاسُ خَوَاتِيمَهُمْ))[3]

މާނައި: “ނަބިއްޔާ صلى الله عليه وسلم ރަން އަނގޮޓިއެއް އެޅުއްވިއެވެ. ފަހެ، އެހެންވެ މީސްތަކުންވެސް ރަން އަނގޮޓި އެޅިއެވެ. ފަހެ، صلى الله عليه وسلم ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަން ކަލޭގެފާނު ރަން އަނގޮޓި އެޅުއްވީމުއެވެ.” ދެން އެއަނގޮޓި އެއްލަވާ ލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ދުވަހަކުވެސް ދެން ތިމަންކަލޭގެފާނު ރަންއަނގޮޓި ނުއަޅުއްވާހުށީމެވެ.” ދެން މީސްތަކުން އެބައިމީހުންގެ އަނގޮޓިތައް އުއްލާލައިފިއެވެ.”

އަދި އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ.

((بَيْنَمَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ، فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ، فَلَمَّا قَضَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَاتَهُ، قَالَ: «مَا حَمَلَكُمْ عَلَى إِلْقَاءِ نِعَالِكُمْ»، قَالُوا: رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِنَّ جِبْرِيلَ صَلَّى اللهُ عَلَيْهِ وَسَلَّمَ أَتَانِي فَأَخْبَرَنِي أَنَّ فِيهِمَا قَذَرًا – أَوْ قَالَ: أَذًى – “)) [4]

މާނައީ: “އެއްދުވަހަކު އަޞްޙާބުބޭކަލުންނާއެކު ރަސޫލާ صلى الله عليه وسلم އިމާމުވެ ނަމާދުކުރައްވަން ހުންނަވާފައި އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލާފައި ވާތްފަރާތުގައި ބެހެއްޓެވިއެވެ. ފަހެ، މީސްތަކުންނަށް އެމަންޒަރު ފެނުމުން އެބޭކަލުންވެސް ފައިވާންތައް އެއްފަރާތްކޮށްފިއެވެ. ދެން ފަހެ ނަމާދުކޮށް އަވަދިވުމުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ފައިވާންތައް އެއްފަރާތްކޮށްލެއްވީ ކީއްވެ ހެއްޔެވެ؟” އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ފައިވާން ޖޯޑުކޮޅު އެއްފަރާތްކުރައްވާތީ ތިމަން ބޭކަލުންނަށް ފެނިވަޑައިގަތެވެ. ފަހެ އެހެންވެ ތިމަން ބޭކަލުންވެސް ފައިވާންތައް އެއްފަރާތްކުރީއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޖިބްރީލު صلى الله عليه وسلم ވަޑައިގެން އޭގައިނަޖިހެއްވާކަމަށް ވިދާޅުވިއެވެ.” ނުވަތަ “ހަޑިއެއްޗެއްވާކަމަށް” (ވިދާޅުވިއެވެ.) “

 

= ނުނިމޭ =

 

______________________

އެހެނިހެން ބައިތައް

 

 رواه البخاري في كتاب الأذان من صحيحه – باب الأذان للمسافر فتح 2 / 11 ح: 631. [1]

[2] رواه مسلم في صحيحه عن جابر، وذلك في ذكر حجة النبي صلى الله عليه وسلم 2 / 943 ح: 310 من كتاب الحج.

[3] رواه البخاري، انظر: البخاري مع الفتح 10 / 318 ح 5866 كتاب اللباس – باب خاتم الفضة.

[4] رواه أبو داود في سننه – كتاب الصلاة – باب الصلاة في النعال 1 / 436 ح: 650، وأخرجه ابن سعد في الطبقات 1 / 480 من عدة طرق. [وصححه الألباني]