سورة العلق ގެ ތަފްސީރު 11

ދެން އެއަށްފަހު ވަޙީކުރެއްވިއެވެ. ﴿ كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِالنَّاصِيَةِ ﴾ މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންއިލާހު އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.” ﴿كَلاَّ ﴾ ގެ މާނައަކީ “ޙައްޤު”ގެ މާނައިގައެވެ. އަދި ބިރުގެންނެވުމުގެ މާނަ އެކުލެވުމުގެ އިޙްތިމާލު އެބަ އޮތެވެ. އެބަހީ: ﷲ ގެ ރަސޫލާ صلى الله عليه وسلم އާ މެދު އިހާނެތިކޮށް ހިތައިމީހާ ބިރުގެންނެވުމަށެވެ. ﴿ كَلاَّ لَئِن لَّمْ […]