[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 13

﴿ سَنَدْعُ الزَّبَانِيَةَ ﴾ މާނައީ: “ނިކަންހުރެ ތިމަންއިލާހު ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ.” އެބަހީ: މިމީހާގެ މަޖިލީހުގައި ތިބި މީހުންނަށްވުރެ މަތިވެރި ބަޔަކު ތިމަންއިލާހުގެ ޙަޟްރަތުގައިވެއެވެ. އެއީ ނަރަކަ ބަލަހައްޓަވާ މަލާއިކަތުންކަމުގައިވާ ޒަބާނިއްޔާއެވެ. ނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ ހަރުކަށި ވަރުގަދަ ބަޔަކުކަމުގައި އެއިލާހުވަނީ ބަޔާންކުރައްވާފައެވެ. އެއީ މިޒާޖުގައި ހަރުކަށި ބާރުގައި ގަދަފަދަ ބައެކެވެ. ﴿ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ ﴾ [التحريم: 6] މާނައީ: ” ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ.” […]