سورة الزلزلة ގެ ތަފްސީރު 2
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا “އަދި އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.” އެދުވަހުގައި ބިންގަނޑު ހެލިގަންނަ ހިނދުގައި، އެ ބިންގަނޑު އޭގެ ޚަބަރުތައް ދޭނެއެވެ. އެ ބިންގަނޑުގެ މަތީގައި މީސްތަކުން ކުޅަ ހެޔޮކަންތައްތަކާއި ނުބައިކަންތައްތަކުގެ ވާހަކައިން ޚަބަރުކުރާނެތެވެ. ބަންގިގޮވާ މީހާ ބަންގިގޮވާހިނދު، އެ އަޑުއަހާ ގަސްގަހާ ގެއްސާއި ހިލައާއި އެހެނިހެން ހުރިހާ ތަކެތިވެސް ޤިޔާމަތްދުވަހުގައި ހެކިވާނޭކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިވެއެވެ. އެހެންކަމުން ބިންމަތީގައި ހިންގި ކަންކަމާމެދު އެ ބިންގަނޑު […]