تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 18 –
![](https://dhisalafiyyah.net/wp-content/uploads/2016/07/thadhveen-18-1024x576.jpg)
ހަމައެފަދައިން ޞަޙާބީންގެ ތެރެއިން އަންހެން ބޭކަނބަލުންގެ ޢާދައަކަށްވެފައިވަނީ ދެމަފިރިންނާ ގުޅުންހުރި ކަންކަމުގެ ސުވާލު ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނާ ކުރެއްވުމެވެ. އެކަނބަލުންނަކީ އެކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ ބޭކަނބަލުންނެވެ. އަދި ދީނުގެ ކަންކަން އޮޅުންފިލުއްވުމަށްވެސް އެކަނބަލުންގެ އަރިހަށް ޞަޙާބީންގެ ތެރެއިން އަންހެން ބޭކަނބަލުން ވަޑައިގަންނަވައެވެ. ބައެއް ފަހަރު އެ ބޭކަނބަލުން ސީދާ، ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަނބަލުންގެ ކަންކަމާ ގުޅޭގޮތުން ސުވާލު ދަންނަވައެވެ. ފަހެ، އެކަމުގެ […]