تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 30 –
ޢިލްމު ހޯދުމަށްޓަކައި ދަތުރުކުރެއްވުން ފެށުނު ތާރީޚް: މިކަމުގެ ދަލީލަކީ ﷲ ގެ ނަބިއްޔާ މޫސާ عليه الصلاة والسلام ޢަލައިހިއްސަލާމް ޚަޟިރުގެ އަރިހަށް ކުރެއްވި ދަތުރުފުޅެވެ. ﷲ ތަޢާލާވަނީ އެކަން ކަހްފު ސޫރަތުގައި ބަޔާންކޮށްދެއްވާފައެވެ. އިސްލާމްދީން އައުމަށްފަހު އެފަދަ ދަތުރުތައް ކުރެވެން ފެށުނީ ޢަރަބި ޤަބީލާތަކުގެ މީސްތަކުން އިސްލާމްވެ، ޢަރަބި ޖަޒީރާގެ އެކި ކަންކޮޅުތަކުން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަންނަން ފެށުމުންނެވެ. އަދި ވަޙީގެ ޛަރީޢާއިން އައިސްފައިވާ […]