ފަތުވާ: ހަދްޔުއާއި އުޟްޙިޔާގެ ގޮތުގައި ކަތިލާ ޖަނަވާރުގެ ޢުމުރު

ހަދްޔުގެ ގޮތުގައި ކަތިލާ ޖަނަވާރަކީ ވަކި ޢުމުރެއްގެ އެއްޗަކަށް ވާންޖެހޭ ހެއްޔެވެ؟ އަދި ކީރިތި ޤުރުއާނުގެ (فَمَا اسْتَيْسَرَ مِنَ الْهَدْيِ) [البقرة 196] މިއާޔަތުގެ މާނައަކީ ކޮބާ ހެއްޔެވެ؟ الحمد لله ޝަރުޢީ ދަލީލުތަކުން އެނގޭގޮތުން ކަންބަޅީގެ ޢުމުރަކަށް ވާންޖެހެނީ ހަމަސް ފުރިފައިވުމެވެ. އަދި ބަކަރީގެ ޢުމުރަކީ އަހަރެއް ފުރިފައިވުމެވެ. އަދި ގެރީގެ ޢުމުރަކީ ދެއަހަރު ފުރިފައިވުމެވެ. އަދި ޖަމަލުގެ ޢުމުރަކީ ފަސް އަހަރު ފުރިފައިވުމެވެ. އެއަށް ވުރެ ހަގު ޖަނަވާރެއެއް ކަތިލައިފިނަމަ އުޟްޙިޔާގެ ގޮތުގައި […]