[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ހަދްޔުއާއި އުޟްޙިޔާގެ ގޮތުގައި ކަތިލާ ޖަނަވާރުގެ ޢުމުރު

ހަދްޔުގެ ގޮތުގައި ކަތިލާ ޖަނަވާރަކީ ވަކި ޢުމުރެއްގެ އެއްޗަކަށް ވާންޖެހޭ ހެއްޔެވެ؟ އަދި ކީރިތި ޤުރުއާނުގެ (فَمَا اسْتَيْسَرَ مِنَ الْهَدْيِ) [البقرة 196] މިއާޔަތުގެ މާނައަކީ ކޮބާ ހެއްޔެވެ؟

الحمد لله

ޝަރުޢީ ދަލީލުތަކުން އެނގޭގޮތުން ކަންބަޅީގެ ޢުމުރަކަށް ވާންޖެހެނީ ހަމަސް ފުރިފައިވުމެވެ. އަދި ބަކަރީގެ ޢުމުރަކީ އަހަރެއް ފުރިފައިވުމެވެ. އަދި ގެރީގެ ޢުމުރަކީ ދެއަހަރު ފުރިފައިވުމެވެ. އަދި ޖަމަލުގެ ޢުމުރަކީ ފަސް އަހަރު ފުރިފައިވުމެވެ. އެއަށް ވުރެ ހަގު ޖަނަވާރެއެއް ކަތިލައިފިނަމަ އުޟްޙިޔާގެ ގޮތުގައި ނުވަތަ ހަދްޔުގެ ގޮތުގައިވެސް ނުފުދޭނެއެވެ. ޤުރުއާނުގެ އާޔަތުގައިވާ:

(فَمَا اسْتَيْسَرَ مِنَ الْهَدْيِ) [البقرة 196]

މާނައީ: “ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ.”

ގެ މުރާދަކީވެސް މިއީއެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم”.
“ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

(فتاوى اللجنة الدائمة) 11/376

_____________________

މިފަތުވާގެ އަޞްލު