تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 37 –
މިގޮތުން ޠާހިރު ސުންނަތާއި އެރިވާކުރެއްވި ބޭކަލުންނާމެދު ޝައްކާއި ޝުބުހަ ފެތުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އަންނަނިވި މީހުންނެވެ. 1- ޔަހޫދީ ދީނަށް ނިސްބަތްވާ ޢަބްދުﷲ ބިން ސަބާ: އޭނާ ކޮށްފައިވާ ކަންތައްތަކުގެ ވާހަކައަކީ އެންމެންވެސް ދަންނަ މަޝްހޫރު ވާހަކަތަކެކެވެ. [1] 2- ނަޞާރާ ދީނަށް ނިސްބަތްވާ ސައުސަން: މަޢުބަދުލް ޖުހަނީ ޤަޟާޤަދަރާ ބެހޭގޮތުން ދެއްކި ބިދުޢަވެރި ވާހަކަތައް އުނގެނުނީ މީނާގެ ފުށުންނެވެ. [2] 3- މުޢުތަޒިލާ ފިރުޤާއަށް ނިސްބަތްވާ އިބްރާހީމް އައްނައްޡާމު: ބައެއް ޢިލްމުވެރިންނާ […]