تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 39 –
![](https://dhisalafiyyah.net/wp-content/uploads/2016/08/thadhveen-39-1024x576.jpg)
ފުރަތަމައީ: އެއްވެސް ވަރަކަަށް ސުންނަތް ޤަބޫލުނުކުރުން މިގޮތަށް ދެކޭ މީހުން ބުނަނީ ހަމައެކަނި ޤުރުއާނުން ފުދޭނެކަމުގައެވެ. އަދި އިސްލާމްދީނަކީ އެއީ ކަމުގައެވެ. އަދި ސުންނަތަށް ބޭނުންޖެހިގެން ނުވާކަމުގައެވެ. މިގޮތަށް ބުނާ މީހުން ކުރެ ބައެއް މީހުން، ނަމާދާއި ޒަކާތާ އަދި އެފަދަ ކަންކަމުގައި ޢަމަލީ ގޮތުން ބޭނުންޖެހޭ ސުންނަތުން ވާރިދުވެފައިވާ ކަންކަން އިސްތިޘްނާކުރެއެވެ. މިފިކުރުގެ ކުރިފަޅައިގެން އައިސްފައިވަނީ ޞަޙާބީ ބޭކަލުންގެ ޒަމާނުގެ ފަހު ކޮޅުގައެވެ. އެގޮތުން އެޒަމާނުގައި އުޅުނު ބައެއް މީހުންނާ މިކަމާ ގުޅުން ހުރި ޙާދިޘާތައް ހިނގާފައިވެއެވެ. […]