تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 42 –
ޢަރަބިކަރައިގައި ސުންނަތަށް އިންކާރުކޮށް ހަމައެކަނި ޤުރުއާނުން ފުއްދާލުމަށް ދަޢުވަތުދިނުމުގައި އިސް ރޯލެއް އަދާކޮށްފައިވަނީ ދެ ޖަމާޢަތެކެވެ. ފުރަތަމަ ޖަމާޢަތް: މިޞްރުގެ ކިނާނާގައި ތަރުބިއްޔަތުވެފައިވާ އަލްމަދްރަސާ އަލްއިޞްލާޙިއްޔާ އަށް ތަބާވާކަމަށް ދަޢުވާކުރާ މީހުން: އެއީ މުޙައްމަދު ޢަބްދުހު އާއި އޭނާގެ ޝައިޚުކަމަށްވާ އަލްއަފްޣާނީގެ ދަށުން ތަރުބިއްޔަތު ވެފައިވާ ބައެކެވެ. މިމަދަރުސާގެ ފިކުރުތައް ފެތުރިފައިވަނީ ދެ ވަސީލަތަކުންނެވެ. ފުރަތަމަ ވަސީލަތް: މަޖައްލަތުލް މަނާރެވެ. އެ މަޖައްލާގެ ބިންގާ އަޅާ އެޑިޓަރެއްގެ ގޮތުގައި ހުރީ މުޙައްމަދު ރަޝީދު ރިޟާއެވެ. އެއީ އަލްމަދްރަސާ […]