ފިހާރައެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް ސިނގިރޭޓު ވިއްކުން ހުއްދައެއް ނޫނެވެ.

ސިނގެރޭޓަކީ ޙަރާމް އެއްޗެކެވެ. ހަމަ އެފަދައިން އޭތި ބުއިމާއި، ވިއްކުމާއި، އެއާ ބެހޭ އެނޫންވެސް މުއާމަލާތެއް ކުރުމަކީ ޙަރާމް ކަމެކެވެ.
ޖިންނީން (21)

ހަމައެފަދައިން ޙައްޤަކާނުލާ ޖިންނީން ޤަތުލުކުރުން ހުއްދަވެގެންނުވެއެވެ. އެއީ އިންސާނުންވެސް ޙައްޤަކާނުލާ ޤަތުލުކުރުން ހުއްދަވެގެން ނުވާ ފަދައިންނެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުން ޙަރާމްވެގެންވެއެވެ. ފަހެ، އެއްވެސް މީހަކަށް އަނެކާއަށް އަނިޔާވެރިވުން ހުއްދަވެގެންނުވެއެވެ. އެއީ ކާފިރެއްކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿… وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ…﴾ [سورة المائدة ٨] މާނައީ: “… އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް […]