[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (21)

ހަމައެފަދައިން ޙައްޤަކާނުލާ ޖިންނީން ޤަތުލުކުރުން ހުއްދަވެގެންނުވެއެވެ. އެއީ އިންސާނުންވެސް ޙައްޤަކާނުލާ ޤަތުލުކުރުން ހުއްދަވެގެން ނުވާ ފަދައިންނެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުން ޙަރާމްވެގެންވެއެވެ. ފަހެ، އެއްވެސް މީހަކަށް އަނެކާއަށް އަނިޔާވެރިވުން ހުއްދަވެގެންނުވެއެވެ. އެއީ ކާފިރެއްކަމުގައި ވިޔަސްމެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿… وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ…﴾ [سورة المائدة ٨]

މާނައީ: “… އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ…”

ޖިންނީން އިންސާނުންނާއި ޖަނަވާރުންނާގެ ޞޫރައިގައި ފާޅުވެއެވެ. އަދި ހަރުފައާއި ނަގުލާންދާށި އަދި އެނޫންވެސް އެފަދަ ތަކެތީގެ ޞޫރައިގައިވެސް ފާޅުވެއެވެ. އަދި ޖަމަލާއި ގެރިއާއި ބަކަރިއާއި އަހާއި ޙިމާރުގެ ޞޫރައިގައިވެސް ފާޅުވެއެވެ. އަދި ދޫނީގެ ޞޫރައިގައިވެސް ފާޅުވެއެވެ. އަދި އާދަމުގެ ދަރީންގެ ޞޫރައިގައިވެސްމެއެވެ. އެއީ ޤުރައިޝުން ބަދުރު ހަނގުރާމައަށް ނުކުތުމަށް ނިންމި ހިނދު ޝައިޠާނާ، އެބައިމީހުންގެ ގާތަށް ސުރާޤާ ބިން މާލިކު ބިން ޖުޢުޝުމްގެ ޞޫރައިގައި ފާޅުވިފަދައިންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَّكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِّنكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ إِنِّي أَخَافُ اللَّـهَ ۚ وَاللَّـهُ شَدِيدُ الْعِقَابِ ﴾ [سورة الأنفال ٤٨]

މާނައީ: “އެއުރެންގެ (ނުބައި) ޢަމަލުތަކަކީ، ޒީނަތްތެރި ޢަމަލުތަކެއް ކަމުގައި ޝައިޠާނާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ ލަޝްކަރު، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، ﷲ އަށް ތިމަން ބިރުގަނެއެވެ. އަދި ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް