ޖިންނީން (22)

އަދި ރަސޫލާ صلى الله عليه وسلم ޤަތުލުކޮށްލާނީތޯ ނުވަތަ ހައްޔަރުކުރާނީތޯ ނުވަތަ ރަށުން ނެރެލާނީތޯ މަޝްވަރާކުރުމަށް ޤުރައިޝުން ދާރުއް ނަދުވާގައި ޖަމާވި ހިނދު ނަޖުދުގެ މުސްކުޅިއެއްގެ ޞިފައިގައި ޝައިޠާނާ އެތަނަށް ދިޔަކަމަށްވެސް ރިވާވެފައިވެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ﴾ [سورة الأنفال ٣٠] މާނައީ: “ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، […]