[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (22)

އަދި ރަސޫލާ صلى الله عليه وسلم ޤަތުލުކޮށްލާނީތޯ ނުވަތަ ހައްޔަރުކުރާނީތޯ ނުވަތަ ރަށުން ނެރެލާނީތޯ މަޝްވަރާކުރުމަށް ޤުރައިޝުން ދާރުއް ނަދުވާގައި ޖަމާވި ހިނދު ނަޖުދުގެ މުސްކުޅިއެއްގެ ޞިފައިގައި ޝައިޠާނާ އެތަނަށް ދިޔަކަމަށްވެސް ރިވާވެފައިވެއެވެ.

އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿ وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ﴾ [سورة الأنفال ٣٠]

މާނައީ: “ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލުކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރުކުރައްވަތެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދުބީރުކުރެއްވުން މޮޅު އިލާހެވެ.”

ފަހެ، ގޭތެރޭގައިއުޅޭ ހަރުފަތަކަކީ ޖިންނީން ކަމުގައިވެދާނެއެވެ. އެހެންކަމުން އެއެއްޗެއްސަށް ތިން ފަހަރު އިންޛާރު ދިނުމުން ވެސް ނުދާކަމުގައިވާނަމަ މަރާލެވިދާނެއެވެ. އެއީ ޙަޤީޤަތުގައިވެސް ހަރުފައެއްކަމުގައިވާނަމަ މަރާލެވިދާނެއެވެ. އަދި ހަރުފައިގެ ޞިފައިގައި އިންސާނުންގެ ކުރިމައްޗަށް ފާޅުވެ އިންސާނުން ބިރުގެންނެވުމަށް އުޅޭ ޖިންނީންނަމަ އެއެއްޗެހި އެފަދައިން ކަންތައްކުރުމުން އޭގެ ކިބައިން ދިފާޢުވުމުގެގޮތުން ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. އެއީ އެއެއްޗެހި ޤަތުލުކޮށްލުން ކަމުގައިވިޔަސްމެއެވެ. ނަމަވެސް އެއްވެސް ސަބަބަކާނުލާ އެސޮރުމެން ޤަތުލުކުރުން ހުއްދަވެގެންނުވެއެވެ.

=ނުނިމޭ=

 

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް