އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 15

ތަވާފްކުރާމީހާ އިސްލާމީ ރިވެތި އަޙްލާޤްގެ ސިފަތަކުން ޒީނަތްތެރިވުން މިސާލަކަށް ކެތްތެރިކަން، ޢަފޫކުރުން، އޯގާވަންތަކަން، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅާލުން، ނޭނގޭމީހުންނަށް ކިޔައިދިނުން، ޢިލްމާއި އޯގާތެރިކަމާއެކު ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަޙީކުރުން ފަދަސިފަތަކެވެ. އެއްފަހަރަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަޢުބާ ވަށައިގެން ތަވާފުކުރައްވަނިކޮށް ވާގަނޑަކުން ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން މީހަކު އައްސައިގެން ތަވާފުކުރަނިކޮށް ފެނިވަޑައިގެން އޭނާ ގޮވައިގެންދާމީހާއަށް ވިދާޅުވިއެވެ. ”އޭނާ އަތުގައިހިފައިގެން ތަވާފުކުރާށެވެ. ތަވާފުކޮށް ނިމިގެން ނުކުމެގެންދާއިރު ގަދަބަދަވިކަމުން ނުކުންނަން ނޫޅުން. އޭގެބަދަލުގައި މަޑުމައިތިރިކަމާއެކު، ވީވަރަކުން […]