އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 16
![](https://dhisalafiyyah.net/wp-content/uploads/2016/09/amaan-rah-qadheemee-gefulhu-1024x1024.jpg)
އަލްމުލްތަޒަމް ޙަޖަރުލް އަސްވަދާއި ގެފުޅުގެ ދޮރުކޮޅާއި ދެމެދުވާ ހިސާބަކީ އަލްމުލްތަޒަމްއެވެ. އެހިސާބުގައި ދުޢާކުރުމާއިމެދު ބައެއް އަޘަރުތައް އައިސްފައިއެބަހުއްޓެވެ. އެހިސާބުގައި ހިފެހެއްޓުމާއި ބެހޭ ގޮތުންވެސް ބައެއް ސަލަފުންގެ ބަސްފުޅުތައްއައިސްފައި އެބަހުއްޓެވެ. ބައެއް ސަލަފުން އެކަން އެގޮތަށް ކޮށްފައި އެބަހުއްޓެވެ. އަނެއްބައިމީހުން އެކަން ނުކޮށް ދޫކޮށްލައިފައި އެބަހުއްޓެވެ. ޒަމްޒަމްފެން ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުން ފެންބުއިމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަބޫ ޒައްރު ރަޟިޔަﷲ ޢަންހު ހަމައެކަނި ޒަމްޒަމްފެން ބޮއެގެން ތިރީސް ދުވަސް ވަންދެން ހުންނެވިއެވެ. އެގޮތަށް ހުންނެވުމުން އެކަލޭގެފާނު ބަނޑުގައި […]