އަލްމުލްތަޒަމް
ޙަޖަރުލް އަސްވަދާއި ގެފުޅުގެ ދޮރުކޮޅާއި ދެމެދުވާ ހިސާބަކީ އަލްމުލްތަޒަމްއެވެ.
އެހިސާބުގައި ދުޢާކުރުމާއިމެދު ބައެއް އަޘަރުތައް އައިސްފައިއެބަހުއްޓެވެ.
އެހިސާބުގައި ހިފެހެއްޓުމާއި ބެހޭ ގޮތުންވެސް ބައެއް ސަލަފުންގެ ބަސްފުޅުތައްއައިސްފައި އެބަހުއްޓެވެ. ބައެއް ސަލަފުން އެކަން އެގޮތަށް ކޮށްފައި އެބަހުއްޓެވެ. އަނެއްބައިމީހުން އެކަން ނުކޮށް ދޫކޮށްލައިފައި އެބަހުއްޓެވެ.
ޒަމްޒަމްފެން
ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުން ފެންބުއިމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަބޫ ޒައްރު ރަޟިޔަﷲ ޢަންހު ހަމައެކަނި ޒަމްޒަމްފެން ބޮއެގެން ތިރީސް ދުވަސް ވަންދެން ހުންނެވިއެވެ. އެގޮތަށް ހުންނެވުމުން އެކަލޭގެފާނު ބަނޑުގައި ލޮކިމަސްޖަހައި ފަޅައިގެންދާހައިވަރަށް ފަލަވިއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.
”އެއީ ބަރަކާތްތެރި ފެނެކެވެ. ހައިހޫނުކަންފިލުވައިދޭ ކާނާއެކެވެ.
އަދި ބަލިތަކަށްވާ ޝިފާއެކެވެ.”
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَاءُ زَمْزَمَ لِمَا شُرِبَ لَهُ)). [رواه أحمد وابن ماجه، وصححه الألباني في الإرواء رقم:١١٢٣]
މާނައީ: “ޒަމްޒަމްފެންވަނީ އެބުއިކަމަކަށެވެ.”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.