އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 19

.ހަރަމްފުޅުތެރޭގައި ހިނގާ އެހެން ނޭދެވޭ ކަންކަމަށް ބަލާއިރު، ހަރަމްފުޅަށް އައިސް ފޯނުތަކުން ބޭކާރުކަންކަން ކުރުމުގައި ވަގުތު ހޭދަކުރުން ހިމެނެއެވެ. މިގޮތުން ދިގު ފޯނުތައްކުރުމުގަޔާއި، އިންޓަނެޓް ބޭނުންކުރުމުގަޔާއި، ޚަބަރުތައްބެލުމުގައި ވަގުތުބޭކާރުކުރެވެއެވެ. މިކަންކަމުގެ ސަބަބުން އެފަދަ މީހުން ހަރަމްފުޅުން ލިބިދޭ ރޫޙާނީ ފައިދާތަކުން މަޙްރޫމްވެއެވެ. އަދި އަޅުކަމުގައި ހޭދަކުރެވޭ ވަގުތު މަދުވެއެވެ. މިފަދަ މީހުންނަށް ޙަރަމްފުޅަށް ކުރަންޖެހޭ އިޙްތިރާމް ޙަޤީޤަތުގައި ނުކުރެވެއެވެ. އެމީހުން އެވަނީ މިތަނުގެ މާތްކަމާއިމެދު ޣާފިލުވެގެންނެވެ. އަދި ދެބައޮޑުވުމާއި، ނެތިމޮށުމާއި، ދޭތެރެޖެއްސުން، ދޮގު ހެދުން، މަލާމާތްކުރުންފަދަ ހަރާމްކަންކަން […]