[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 19

.ހަރަމްފުޅުތެރޭގައި ހިނގާ އެހެން ނޭދެވޭ ކަންކަމަށް ބަލާއިރު، ހަރަމްފުޅަށް އައިސް ފޯނުތަކުން ބޭކާރުކަންކަން ކުރުމުގައި ވަގުތު ހޭދަކުރުން ހިމެނެއެވެ. މިގޮތުން ދިގު ފޯނުތައްކުރުމުގަޔާއި، އިންޓަނެޓް ބޭނުންކުރުމުގަޔާއި، ޚަބަރުތައްބެލުމުގައި ވަގުތުބޭކާރުކުރެވެއެވެ. މިކަންކަމުގެ ސަބަބުން އެފަދަ މީހުން ހަރަމްފުޅުން ލިބިދޭ ރޫޙާނީ ފައިދާތަކުން މަޙްރޫމްވެއެވެ. އަދި އަޅުކަމުގައި ހޭދަކުރެވޭ ވަގުތު މަދުވެއެވެ. މިފަދަ މީހުންނަށް ޙަރަމްފުޅަށް ކުރަންޖެހޭ އިޙްތިރާމް ޙަޤީޤަތުގައި ނުކުރެވެއެވެ.

އެމީހުން އެވަނީ މިތަނުގެ މާތްކަމާއިމެދު ޣާފިލުވެގެންނެވެ.

އަދި ދެބައޮޑުވުމާއި، ނެތިމޮށުމާއި، ދޭތެރެޖެއްސުން، ދޮގު ހެދުން، މަލާމާތްކުރުންފަދަ ހަރާމްކަންކަން މިފޯންކޯލްތަކުގައި ހިމެނޭނަމަ އޭގެ ނުބައިކަން އިތުރަށް ބޮޑުވެގެންދެއެވެ. ބައެއްމީހުން ގަނެވިއްކުންފަދަ، އެތަނުގައިކުރުން ހަރާމް އެހެންކަންތައްތައްވެސް ކުރެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ.

 ”ތިޔަބައިމީހުންކުރެ މީހަކަށް މިސްކިތުގައި ވިއްކާމީހެއް ނުވަތަ ގަންނަމީހެއް ފެނިއްޖެނަމަ، އެމީހަކަށް ބުނާހުށިކަމެވެ.

މާތް ﷲ ތިބާގެ ވިޔަފާރިން ފައިދާ ވާނެގޮތް މިންވަރުނުކުރައްވާށިއެވެ. ”

ނަމަވެސް ހިތާމަޔާއިއެކު ފާހަގަކޮށްލަންޖެހެނީ ބައެއް މީހުން ތަވާފުކުރާއިރު ނުވަތަ ސަޢުޔުކުރާއިރު ބޭކާރު ފޯނުކޯލުތައް ކުރާކަމެވެ.

މިކަންކަމުގެ ސަބަބުން ތިމާގެ ހުޝޫޢަތްތެރިކަން ގެއްލިގެން ގޮސްފާނެއެވެ. ބައެއްމީހުންގެ ފޯނުތަކުގެ ރިންގްޓޯން ބާރުވުމުގެ ސަބަބުން މިސްކިތުގައި ތިބޭ އެހެންމީހުންނަށް އުނދަގޫވާފަހަރުތައްވެސް އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.އެފަދަ ރިންގްޓޯންތަކުގައި މިއުޒިކު ވާނަމަ ކަމުގެ ނުބައިކަން އިތުރަށް ބޮޑުވެގެންވެއެވެ.

އަބޫ ސަޢީދުލްޚުދްރީ ރިވާކުރައްވައިފައިވެއެވެ.

އެއްފަހަރަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިސްކިތުގައި އިޢުތިކާފުކުރެއްވިއެވެ. ދެން ބަޔަކު އަޑުހަރުކޮށް ކިޔަވާއަޑު އިވުނެވެ…ދެން ފަރުދާކޮޅު ކެއްސެވުމަށްފަހު ހަދީސްކުރެއްވިއެވެ.

”ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް އެމީހާގެ ވެރިރައްބަށް ސިއްރުން މުނާޖާ ދަންނަވާކަމުގައިނުވަމުތޯއެވެ؟ ފަހެ، އެކަކު އަނެކަކަށް އުނދަގޫ ނުކުރާ ހުށިކަމެވެ. އަދި އެކަކު އަނެކަކަށްވުރެ އަޑު ބާރުކޮށް ތިޔަބައިމީހުން ނުކިޔަވާހުށިކަމެވެ.”

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.