ޖިންނީން (23)

އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް، ކިޔެވެލި ކިޔަވާ މީހުންނާއި ޣައިބުގެ ޢިލްމު ދަޢުވާކުރާމީހުން، ޖިންނީންނާއެކު އެއްބަސްވެއެވެ. ބައެއްފަހަރު އެސޮރުމެން އެމީހުންގެ ބޭނުންތައް ފުއްދައިދެއެވެ. ނަމަވެސް ގިނަފަހަރު އެފަދައިން ނުކޮށްދެއެވެ. އެއީ ޚާއްޞަކޮށް އެބައިމީހުންގެ ތެރޭގައި މާތްކޮށްގެން އުޅޭ ޖިންނީންނެވެ. އޭނާ އެކިޔަވާ ކިޔެވެއްޔަކުން އޭނާ ބޭނުންވާކަންތައް ކޮށްދިނުމަށް ޖިންނީނަށް މަޖުބޫރެއް ނުކުރެވެއެވެ… އެކި ޙާލަތްތަކުގައި މިކަންތަފާތު ވެދާނެއެވެ. އެޖިންނީން މާތްކުރާ މީހަކަށް ގެއްލުންދިނުމަށް އެދެފި މީހެއްގެ އެދުން އެސޮރުމެން ފުއްދައެއްނުދެއެވެ. އަދި އެއްގޮތަކަށްވެސް އެބައިމީހުނަން އިޖާބަ ނުދީފާނެއެވެ. […]