[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (23)

އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް، ކިޔެވެލި ކިޔަވާ މީހުންނާއި ޣައިބުގެ ޢިލްމު ދަޢުވާކުރާމީހުން، ޖިންނީންނާއެކު އެއްބަސްވެއެވެ. ބައެއްފަހަރު އެސޮރުމެން އެމީހުންގެ ބޭނުންތައް ފުއްދައިދެއެވެ. ނަމަވެސް ގިނަފަހަރު އެފަދައިން ނުކޮށްދެއެވެ. އެއީ ޚާއްޞަކޮށް އެބައިމީހުންގެ ތެރޭގައި މާތްކޮށްގެން އުޅޭ ޖިންނީންނެވެ. އޭނާ އެކިޔަވާ ކިޔެވެއްޔަކުން އޭނާ ބޭނުންވާކަންތައް ކޮށްދިނުމަށް ޖިންނީނަށް މަޖުބޫރެއް ނުކުރެވެއެވެ… އެކި ޙާލަތްތަކުގައި މިކަންތަފާތު ވެދާނެއެވެ. އެޖިންނީން މާތްކުރާ މީހަކަށް ގެއްލުންދިނުމަށް އެދެފި މީހެއްގެ އެދުން އެސޮރުމެން ފުއްދައެއްނުދެއެވެ. އަދި އެއްގޮތަކަށްވެސް އެބައިމީހުނަން އިޖާބަ ނުދީފާނެއެވެ. ފަހެ، އެސޮރުމެންގެ ކަންތައްތައް އިންސާނުންގެ ކަންތައްތަކާ އެއްގޮތެވެ. ނަމަވެސް އިންސާނުންނަކީ އެސޮރުމެންނަށްވުރެ ވިސްނުންތޫނު، ތެދުވެރި، ޢަދުލުވެރި އަދި ޢަހްދަށް ވަފާތެރި ބައެކެވެ. އަދި ޖިންނީންނަކީ އިންސީންނަށްވުރެ ޖާހިލު، ދޮގުހަދާ، އަނިޔާވެރި އަދި ޚިޔާނާތްތެރި ބައެކެވެ.

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް