އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 13

ފަށްކެނޑުމަށްޓަކައިކުރާ ކައިވެނި ފަށްކެނޑުމަށްޓކައި ކުރާ ކައިވެންޏާމެދު ޢިލްމުވެރިންގެމެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން ޖުމްޙޫރު ޢިލުމުވެރިން (مالك وأحمد والشافعي) ވިދާޅުވަނީ އެގޮތަށްކުރާ ކައިވެނި އެއީ ބާޠިލު ކައިވެންޏެކެވެ. އަދި އެގޮތަށްކުރާ ކައިވެނިން ފުރަތަމަ ފިރިމީހާ ޙަލާލެއްވެސް ނުވާނެއެވެ. ޙަނަފީ މަޛުޙަބާއި ޝާފިޢީ މަޛުޙަބުގެ ބައެއް ޢިލުމުވެރިން ވިދާޅުވާގޮތުގައި ފަށްކެނޑުމަށް ކުރާ ކައިވެންޏަކީ މަކުރޫހަ ކައިވެންޏެކެވެ. އެހެންނަމަވެސް އެއީ ބާޠިލު ކައިވެންޏެއްނޫނެވެ. އެހެނީ އެފަދަ ކައިވެންޏަށް ނަންދެވިފައިވަނީ المحلّل އިންނެވެ. އެއިން ދަލީލުކޮށްދެނީ ޞައްޙަވާނެކަމަށެވެ. އެހެނީ އެއީ ޙަލާލުވުމުގެ […]