އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3
ޤަވާޢިދު: لَا إِنْكَارَ فِي مَسَائِلِ الاِجْتِهَادِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޖުތިހާދީ މައްސަލަތަކުގައި އިންކާރުކުރުމެއް ނެތް} މި ޤަވާޢިދުގެ މުރާދު: މި ތަނުގައި އިޖުތިހާދީ މައްސަލަތަކޭ ބުނެވިފައި އެވަނީ މުޢުތަބަރު ޚިލާފީ މައްސަލަތަކަށެވެ. އެފަދަ މައްސަލަތަކުގައި އިންކާރެއް ނުކުރެވޭނެއެވެ. ދެން ފަހެ، މި ޤަވާޢިދުގައި ދެ ބަޔެއް އެބަ ހިމެނެއެވެ. ފުރަތަމަ ބަޔަކީ، އިޖުތިހާދީ މައްސަލަތަކެވެ. ދެވަނަ ބަޔަކީ، އިންކާރުނުކުރެވޭނެ ވާހަކައެވެ. ޚިލާފީ މައްސަލަތައް ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ، މުޢުތަބަރު ޚިލާފުތަކަށާއި މުޢުތަބަރު ނޫން ޚިލާފުތަކަށެވެ. […]