تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 51 –
އައްޝައިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ رحمه الله ވިދާޅުވިއެވެ. ޤުރުއާނުގައި އައިސްފައިނުވާ ކަމެއް ސުންނަތުގައި އައުން ދެ ދަރަޖައަކަށް ބެހިގެންވެއެވެ. ފުރަތަމައީ: އިތުރުވި ކަމަކީ ކުރިން އައިސްފައިވާ ނައްޞުގެ ޝަރުޠަކަށް ނުވުން. އޭގެ މިޘާލަކީ މީހަކާ ނުއިނދެ (ޒިނޭކުރި) މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށް އައިސްފައިވާ ޙުކުމުގެ އިތުރަށް އަރުވާލަން އައިސްފައިވާ ޙުކުމެވެ. ދެވަނައީ: އިތުރުވި ކަމަކީ ކުރިން އައިސްފާކަމުގެ ޝަރުޠަކަށްވުން. މިދެދަރަޖައަށް ރަނގަޅަށް ބެލުމުން އެނގިގެންދަނީ މިދެދަރަޖައިގައިވެސް އެއް ޙުކުމެއްވާކަމެވެ. […]