އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

الـمُجْتَهِدُ مُكَلَّفٌ بِمَا أّدَّاهُ إِلَيْهِ اِجْتِهَادُه މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާގެ އިޖުތިހާދުން ވާޞިލުވެވުނު ގޮތް އޭނާއަށް ތަކުލީފުޖެއްސެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: އިޖުތިހާދުގެ ޝަރުޠުތައް ފުރިހަމަވެ، އިޖުތިހާދުކުރުމުގެ އަހުލުވެރިޔަކަށްވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާ ކުރެއްވި އިޖުތިހާދުން އެ ބޭފުޅާއަށް ވާޞިލުވެވުނު ރައުޔަށް ޢަމަލުކުރުން އެ ބޭފުޅާއަށް ލާޒިމުވެގެންވެއެވެ. އެ ބޭފުޅާގެ އިޖުތިހާދުން ނިންމެވުނު ގޮތް ނޫން އެހެން ގޮތަކަށް ޙުކުމްކުރުން އެ ބޭފުޅާއަށް އެއްވެސް ހާލަތެއްގައި ހުއްދަވެގެން ނުވެއެވެ. އަދި ތިމާގެ ރައުޔު ދޫކޮށް، […]