އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 6

ޤަވާޢިދު: الفَتْوَى عَلَى خِلَافِ النَّصِّ أَو الإِجْمَاعِ بَاطِلَةٌ މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞާ ނުވަތަ އިޖުމާޢުއާ ޚިލާފުވާ ގޮތަށް އޮތް ފަތުވާ ބާޠިލުވެގެންވޭ} މި ޤަވާޢިދުގެ މުރާދު: ވަކި މައްސަލައެއްގައި މުފްތީއަކު ފަތުވާއެއް ނެރުނުއިރު، އެ ފަތުވާ އޮތީ އެ މައްސަލާގައި ވާރިދުވެފައިވާ ނައްޞުތަކާއި އަދި އެ މައްސަލާގައި ވެވިފައިވާ އިޖުމާޢުއާ ޚިލާފަށް ކަމުގައިވާނަމަ، އެ ފަތުވާއަކީ ބާޠިލު، އޭގައި އެއްވެސް އަގެއްނެތް އެއްޗެކެވެ. މި ތަނުގައި ނައްޞުގެ މުރާދަކީ، ސާބިތުވުމުގައި ވެސް އަދި […]