ވިހެއުމަށްފަހު ހަތްދުވަސްފުރުމުން އަންހެން ކުދިންގެ ބޯ ބޭލުމުގެ ޙުކުމް
![](https://dhisalafiyyah.net/wp-content/uploads/2016/11/anhen-kudhin-boabeylun.jpg)
ވިހެއުމަށްފަހު ހަތްދުވަސްފުރުމުން ފިރިހެން ކުދިންގެ ބޯ ބޭލުމަކީ ސުންނަތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. ނަމަވެސް އަންހެން ކުދިންގެ ބޯ ބޭލުމާމެދު ދަންނައެވެ. އެކަމުގައި ދެބަސްފުޅެއްވެއެވެ. ފުރަތަމައީ: ފިރިހެން ކުދިންގެ ބޯބާލާފަދައިން އަންހެން ކުދިންގެ ބޯބޭލުމެވެ. މިއީ މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ހަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން [1]ބުރަވެވަޑައިގެންފައިވާ، ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ: ((إذا كان يوم السابع للمولود فأهريقوا عنه دما وأميطوا عنه الأذى، وسموه)) [2] […]