ޖަރްޙާއި ތަޢްދީލު (1)

التَّمْهِيْدُ (ފެށުން) ރާވީގެ ރިވާޔަތް ޤަބޫލުކުރުމަށްޓަކައި ދެ ޝަރުޠެއް އޭނާގެ ކިބައިގައިހުރުން މުޙައްދިޘުން ޝަރުޠުކުރައްވައެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުޠަކީ: އެ ރާވީއަކީ ޢަދުލުވެރި ރާވީއަކުކަމުގައި ވުމެވެ. އަދި ދެވަނަ ޝަރުޠަކީ: އެ ރާވީއަކީ ضَبْطُ ހުރި ރާވީއަކުކަމުގައި ވުމެވެ. ރާވީގެ ޢަދުލުވެރިކަމާއި ضَبْطُ އާ ގުޅޭގޮތުން ހޯދާބެލުމަށް އިޞްޠިލާޙީ ގޮތުން ކިޔައިއުޅެނީ الجَرْحُ وَالتَّعْدِيْلُ އެވެ. އަލްޖަރްޙު އަކީ، ރާވީގެ ޢަދުލުވެރިކަމާއި ضَبْطُ ގައި، ނުވަތަ އެއިން ކޮންމެވެސް އެއް ކަމެއްގައި އުނިކަމެއްވާކަން ބަޔާންކުރުމެވެ. އައްތަޢުދީލު […]