އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 9
ޤަވާޢިދު: فَتَاوَى الـمُجْتَهِدِيْن بِالنِّسْبَةِ إِلَى العَوَامِّ كَالأَدِلَّةِ الشَّرْعِيَّةِ بِالنِّسْبَةِ إِلَى الـمُجْتَهِدِيْنَ މި ޤަވާޢިދުގެ ތަރުޖަމާ: {އާންމުންނަށް މުޖުތަހިދުންގެ ފަތުވާ ވާކަން ކަށަވަރީ، މުޖުތަހިދުންނަށް ޝަރުޢީ ދަލީލުތައްފަދައިން} މި ޤަވާޢިދުގެ މުރާދު: އާންމުންނަށް މުޖުތަހިދު ޢިލްމުވެރިންގެ ފަތުވާތަކާއި ރައުޔުތައް އޮންނަހުށީ، މުޖުތަހިދު ޢިލްމުވެރިންނަށް ޝަރުޢީ ދަލީލުތައް އޮންނަ ދަރަޖައިގައެވެ. ޝަރުޢީ ދަލީލުތަކަށް ތަބާވުން މުޖުތަހިދު ޢިލްމުވެރިންނަށް ލާޒިމުވާފަދައިން، މުޖުތަހިދު ޢިލްމުވެރިންގެ ފަތުވާތަކަށާއި ރައުޔުތަކަށް ތަބާވުން އިޖުތިހާދުކުރުމުގެ އަހުލުވެރިކަން ނެތް އާންމުމީހުންނަށް ލާޒިމުވެގެންވެއެވެ. އެހެނީ، އެފަދަ […]