[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 9

ޤަވާޢިދު: فَتَاوَى الـمُجْتَهِدِيْن بِالنِّسْبَةِ إِلَى العَوَامِّ كَالأَدِلَّةِ الشَّرْعِيَّةِ بِالنِّسْبَةِ إِلَى الـمُجْتَهِدِيْنَ

މި ޤަވާޢިދުގެ ތަރުޖަމާ: {އާންމުންނަށް މުޖުތަހިދުންގެ ފަތުވާ ވާކަން ކަށަވަރީ، މުޖުތަހިދުންނަށް ޝަރުޢީ ދަލީލުތައްފަދައިން}

މި ޤަވާޢިދުގެ މުރާދު: އާންމުންނަށް މުޖުތަހިދު ޢިލްމުވެރިންގެ ފަތުވާތަކާއި ރައުޔުތައް އޮންނަހުށީ، މުޖުތަހިދު ޢިލްމުވެރިންނަށް ޝަރުޢީ ދަލީލުތައް އޮންނަ ދަރަޖައިގައެވެ. ޝަރުޢީ ދަލީލުތަކަށް ތަބާވުން މުޖުތަހިދު ޢިލްމުވެރިންނަށް ލާޒިމުވާފަދައިން، މުޖުތަހިދު ޢިލްމުވެރިންގެ ފަތުވާތަކަށާއި ރައުޔުތަކަށް ތަބާވުން އިޖުތިހާދުކުރުމުގެ އަހުލުވެރިކަން ނެތް އާންމުމީހުންނަށް ލާޒިމުވެގެންވެއެވެ. އެހެނީ، އެފަދަ ފަރާތްތަކަށް އެ ބޭފުޅުންގެ ފަތުވާތަކަކީ ޝަރުޢީ ދަލީލުތަކުގެ ދަރަޖައިގައިވާ އެއްޗެކެވެ. އަދި އޭގެ ސަބަބަކީ، އެ ބޭފުޅުންގެ ޢަދުލުވެރިކަމާއި، އެ ބޭފުޅުން ކިޔަވައި ދިރާސާކޮށްފައިވާލެއް ބޮޑުކަމުންނާއި، އެ ބޭފުޅުންނަށް ވިސްނޭގޮތް ހަރުދަނާވުމުންނާއި، އެ ބޭފުޅުން އެ ބޭފުޅުންގެ ބަސްފުޅުތައް ޝަރުޢީ ދަލީލުތަކުން ނެގުމަށް އިސްކަންދޭ އިސްކަންދިނުމުންނެވެ.

މިއީ، އިބްނުލްޙާޖިބާއި އަލްޤަރާފީއާއި އައްޝާޠިބީއާއި އިބްނުލްހުމާމާއި އަލްމަޙައްލީއާއި ޒަކަރިއްޔާ އަލްއަންޞާރީއާއި އިބްނު ޢަބްދިއްޝަކޫރުފަދަ އެތަކެއް ބޭފުޅުންނެއް ޛިކުރުކުރައްވާފައިވާ ޤަވާޢިދެކެވެ. އަދި މިއީ ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔު ވެސް މެއެވެ.

މި ޤަވާޢިދުގައި ޛިކުރުކުރެވިފައިވާ އާންމުންގެ ތެރޭގައި، ޢިލްމު ލިބިގެންނުވާ އާދައިގެ މީހުންނާއި، ޢިލްމުވެރިޔަކަށް ވިޔަސް އިޖުތިހާދުކުރުމުގެ ދަރަޖައަށް ފޯރާފައިނުވާ ފަރާތްތަކާއި، ޢިލްމުވެރިޔަކަށް ވިޔަސް ތަޤުލީދުކުރާ ކަންތަކުގައި ޢިލްމު ލިބިގެން ނުވާ ފަރާތްތައް ހިމެނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް