ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 6
5. މިންވަރު ކަނޑައެޅުން ވަރިކުރުމަށްފަހު ދެވޭ މުދަލުގައި ވަކި މިންވަރެއް ކަނޑައެޅުމުގައި ބަލާނެ ގޮތަކާމެދު ފިޤުހުވެރިންވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން އެކަމުގައި ބަލާނީ ފިރިމީހާގެ ޙާލަތަށް ތޯ ނުވަތަ އަނބިމީހާގެ ޙާލަތަށް ތޯ ނުވަތަ ދެމީހުންގެ ޙާލަތަށް ތޯ ވާހަކަދެކެވިފައިވެއެވެ. – ފުރަތަމަ ބަސްފުޅު: އެކަމުގައި ބެލެވޭނީ ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަށް. [މިއީ މާލިކީ މަޛްހަބާއި ޙަންބަލީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ އެއް ބަސްފުޅެވެ.] ދަލީލު: ﴿ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ […]