ޖަރްޙާއި ތަޢްދީލު (2)

އަދި މި ދެ ޝަރުޠަކީ، ސުންނަތް ނަޤްދުކުރުމުގެ އަސާސެވެ. އަދި ކިއެއްހެއްޔެވެ! އެއީ، އާންމު އުޞޫލަކުން ބަލާއިރު، އެންމެހައި ޚަބަރުތައް ނަޤުދުކުރުމުގެ ވެސް އަސާސެވެ. އެހެންކަމުން، ޚަބަރެއް ނަޤުލުކުރާމީހާއީ، ދޮގުހެދުމުން އެއްކިބާވެފައިވާ މީހަކު ކަމުގައިވެފައި، އަދި އޭނާއަށް ލިބޭ ޚަބަރުތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އަނެކުންނަށް ފޯރުކޮށްދެވޭފަދަ ضَبْطُ އެއް ހުރި މީހަކު ކަމުގައި ވާނަމަ، އޭނާ ގެންނަ ޚަބަރުތައް ޤަބޫލުކުރުން ވާޖިބުވާނެއެވެ. އަދި ވިސްނައި ފިކުރުހިންގައިލުމުން، ޞައްޙަ ޙަދީޘުގެ ޝަރުޠުތަކުގެ ތެރެއިން މި ދެ […]